 
                                    ޤައުމީ ތަރިކައިގެ އަގުހުރި ޚަޒާނާތައް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ގައުމީ އަމާނާތެއް- ރައީސް
ދިވެހި ޤައުމީ ތަރިކައިގެ އަގުހުރި ޚަޒާނާތައް ޖީލުތަކަށް ވާރުތަކޮށްދިނުން ވާޖިބު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. 
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްލާމްދީނާއި، ދިވެހި ބަސް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލަށް އޮތް ވާޖިބެއް ކަމަށެވެ. މީގެއިތުރުން ތަރިކައިގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަޚުރުވެރި ތާރީޚެވެ. ރައީސް ވިދާޅުވީ މިއީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ޚަޒާނާތައް ކަމަށެވެ.
" މި ހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށް ދިނުމަކީ ޤައުމީ އަމާނާތެއް. ދިވެހި ޤައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް." ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
