ވަން ޗައިނާ ޕޮލިސީއަށް ފުރިހަމައަށް ތައީދު ކުރަން: ރައީސުލްޖުމްހޫރިއްޔާ

ވަން ޗައިނާ ޕޮލިސީއަށް ފުރިހަމައަށް ތައީދު ކުރަން: ރައީސުލްޖުމްހޫރިއްޔާ

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއްގަ

17 days ago - 13:02
Oct 1, 2024 - 13:11
Advertisement

ޗައިނާގެ ރައީސް ގެންގުޅުއްވާ ވަން ޗައިނާ ޕޮލިސީއަށް ފުރިހައަށް ތާއީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއްގައެވެ.

ޗައިނާގެ ރައީސް ޝީއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "ވަން-ޗައިނާ ޕޮލިސީ" އަދި، ދެ ޤައުމު ހިއްސާކުރާ ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމާ، އިސްތިޤުލާލީ ހަމަހަމަކަމާއި، ސަރަޙައްދީ ނަޒާހާތްތެރިކަން ނުވަތަ ބޭރުގެ ފަރާތަކުން އަތުވެދާނެ ޢުދުވާނަކުން ދިފާޢުވުމަށް ލިބިދީފައި އޮތް ޙައްޤާއި، ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ބައެއްގެ ނުފޫޒު ފޯރުވުމާ ދެކޮޅު ސިޔާސަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރު ކުރައްވާފައެވެ.

އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށާ، މި ކުރިއެރުންތަކުގެ ސަބަބުން ދެ ޤައުމަށްވެސް ފައިދާކުރަނިވި ހެޔޮ ބަދަލުތަކެއް ލިބެމުން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.

Advertisement

ބޮޑުވަޒީރު ލީ ޗާންގްއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ މަސްލަޙަތު އޮތް ހުރިހާ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ވެފައިވާ ވަޢުދު ތަކުރާރު ކުރައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް އަދި މިގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައެވެ.

ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ، 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުގެ މުނާސަބަތުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement