ޕީ.އެން.އެފްއަށް އިއްބެ: ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވައިނުލައްވާ!

ޕީ.އެން.އެފްއަށް އިއްބެ: ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވައިނުލައްވާ!

އިއްބެ ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ބިނާ ކުރަނިވި ފާޑު ކިޔުންތައް ހެޔޮ ހިތުން ބަލައިގަތުން ކަމަށް

1 month ago - 08:34

ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާނުލެއްވުމަށް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓުގެ ޖަލްސާތަކުގައި ސަރުކާރަށް ކުރައްވާ ތުޙުމަތުތަކަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކޮންމެ ރެއަކު ޖަލްސާ ބާއްވައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުން ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ޒާތީ ގޮތެއްގައި ބޭއިންސާފުން އަދި ހަގީގަތާ ޚިލާފު ވާހަކަތައް ދައްކަވާތަން ކަމަށެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިއްބެ ވަނީ އެފަދަ އަމަލުތައް ހުއްޓާލުމަށާއި ބިނާކުރަނިވި އަދި އިންސާފުވެރި ގޮތެއްގައި ސިޔާސީ މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

އިއްބެ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގެ ވިސްނުމަކީ ބިނާ ކުރަނިވި ފާޑު ކިޔުންތައް ހެޔޮ ހިތުން ބަލައިގަތުން ކަމަށާއި ރައްޔިތުން ޙަވާލު ކުރި ޒިންމާތައް އަދާ ކުރުމުގައި ފަސް ޖެހުމެއް ނެތި ކުރިޔަށް ދިއުން ކަމަށް އިއްބެ ވިދާޅުވިއެވެ.

ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީގެ ފްރޮންޓް އޮފީހުން ބާއްވާ އެއްވުންތަކުގައި ސަރުކާރަށް ބޮޑެތި ތުޙުމަތުތައް ކުރައްވައި ހަގީގަތާ ޚިލާފު އެތައް ވާހަކަތަކެއް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

މި ޖަލްސާތަކުގައި ކުރީގެ ރައީސް ޔާމީންގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް ޔާމީނާ ދެކޮޅަށް އަޑު އުފުއްލެވި ދެބޭފުޅުން ކަމަށްވާ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި ޔޫތް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ގެ އިތުރުންވެސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ނުކުންނެވި ގިނަ އަދަދެއްގެ ބޭފުޅުން އަންނަނީ ޔާމީނާ އެއްބައިވެގެން މިއަދުގެ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ސިޔާސީ މަޝްރަހު އެނަލައިޒް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ކުރީގެ ނައިބު ރައީސާއި ކުރީގެ ވަޒީރު މަލީހު ޔާމީނާ ބައިއަތު ހިއްޕަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައީސް ޔާމީން ސިޔާސީ ގޮތުން މަގުމަތި ކޮށްލެއްވުމަށްޓަކައި ރާވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow