5 އަހަރުތެރޭ އިއާދަކުރަނިވި ހަކަތަ %4 އިން %33 އަށް އިތުރު ކުރަނީ

މި ފަސް އަހަރު ނިމޭއިރު އިއާދަކުރަނިވި ހަކަތަ 4 އިންސައްތައިން 33 އިންސައްތައަށް އިތުރު ކުރެވޭނެ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެ

18 hours ago - 17:25

މި ފަސް އަހަރު ނިމޭއިރު އިއާދަކުރަނިވި ހަކަތަ 4 އިންސައްތައިން 33 އިންސައްތައަށް އިތުރު ކުރެވޭނެ ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވަޒީރު ތޯރިގު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާޢްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަކީ 53 މެގަވޮޓު ކަމުގައެވެ.

ވަޒީރު ވިދާޅުވީ އެއީ ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ގާތްގަނޑަކަށް 4 އިންސައްތަ ކަމަށެވެ.

ހަކަތައާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ އިތުރުން ޕަބްލިކް ސެކްޓަރާވެސް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ތާރިގު ވިދާޅުވީ އިއާދަކުރަނިވި ހަކައިތައިގެ މައިގަނޑު 3 ސިޔާސަތައް ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.

އޭގެ ތެރެއިން އެއްގޮތަކީ ސަރުކާރުގެ ބަޖެޓުންނާއި ބޭރުގެ ހިލޭ އެހީގެ ދަށުން ނުވަތަ ލޯނު އެހީގައި ސޯލާ ޕެނަލް ގާއިމުކޮށް ފެނަކައާއި ސްޓެލްކޯއާ ހަވާލު ކުރުން ކަމަށެވެ.

އަދި އަނެއް ގޮތަކީ ޕްރައިވެޓް އިންވެސްޓަރުންނާއެކު ޕަވަރޗެސް އެގްރީމެންޓްގައި ސޮއިކޮށް އަމިއްލަ ފައިސާގައި ސިސްޓަމް ގާއިމްކޮށް އެ ސިސްޓަމުން އުފައްދާ ކަރަންޓު ފެނަކައަށް ނުވަތަ ސްޓެލްކޯއަށް ވިއްކުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަނެއް ގޮތެއް ކަމަށް ވަޒީރު ވިދާޅުވީ ފަރުދީ ލެވެލްގައި ސޯލާ ހަރު ކުރުން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow