ސްކޫލްގައި ކިޔަވަން އިންދާ 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ހުރަވީ ސްކޫލް

ސްކޫލްގައި ކިޔަވަން އިންދާ 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

23 hours ago - 12:31
Oct 17, 2024 - 13:12
Advertisement

 

ސްކޫލްގައި ކިޔަވަން އިންދާ 13 އަހަރުގެ ކުއްޖަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ. ނިޔާވީ ހުރަވީ ސްކޫލްގައި ކިޔަވަމުން އައި ފާޠިމަތު ޝިމާ މުހައްމަދެވެ. 

ފުލުހުން ބުނީ ހުޅުމާލެ ހުރަވީ ސްކޫލްގައި ކިޔަވަން އިން ދަރިވަރަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯރޓް ފުލުހުންނަށް ލިބުނު ކަމަށެވެ. ދަރިވަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެދަރިވަރަކީ ސިއްހީ މައްސަލައެއް ހުންނަ ކުއްޖެއް ކަމެއް ސާފެއް ނޫނެވެ. އަދި ދަރިވަރަށް ދިމާވީ ސިއްހީ ކޮން މައްސަލައެއްކަން ވެސް ސާފެއް ނޫނެވެ.

Advertisement

ފާޠިމަތު ޝިމާ މުޙައްމަދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ދަންނަވާފައެވެ. އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޚަބަރު އެހީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކު ކަމަށެވެ.

" ލޮބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެމެވެ." ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement