ރާއްޖޭގައި ސްޕޯޓްސް ފިޝިންގ ފުޅާކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް!
ފޮޓޯ: ފިޝިންގ ބުކާ ބްލޮގް

ރާއްޖޭގައި ސްޕޯޓްސް ފިޝިންގ ފުޅާކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް!

2 hours ago - 08:23
Feb 14, 2026 - 08:24
Advertisement
Advertisement

ދިވެހިރާއްޖޭގައި މަޤުބޫލުވަމުން އަންނަ "ސްޕޯޓްސް ފިޝިންގ" ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްޞަ އިސްކަމެއް ދީގެން ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ފަށައިފިއެވެ.

 މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ފިޝިންގ ބަނދަރުތަކާއި ކަނދުފަތި މަރުކަޒުތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.


ސްޕޯޓްސް ފިޝިންގ ކުރިއެރުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ވަސީލަތަކީ ކަނދުފަތި ކަމަށްވާއިރު، މިކަމަށްޓަކައި ރާއްޖޭގެ ހަތަރު ސަރަހައްދެއް މިހާރު ވަނީ ޚާއްސަކޮށްފައެވެ. އެއީ ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު ހިމެނޭ ސަރަހައްދުތަކެވެ. މި ސަރަހައްދުތަކުގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ފިޝިންގ ބަނދަރުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ.


މި ބަނދަރުތަކަކީ ހަމައެކަނި މަސް ބާނާ ތަންތަނުގެ އިތުރުން، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ފައިދާކުރާނެ މަރުކަޒުތަކެކެވެ. އެގޮތުން މި ބަނދަރުތަކުގައި މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މަސްވެރިކަމުގެ މުބާރާތްތައް އިންތިޒާމުކޮށް ހިންގާނެ އޮފީސްތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ބާބަކިޔު ހެދުމުގެ އިންތިޒާމްތައްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސްވެރިކަމުގެ ތެރެއިން ފަތުރުވެރިކަމާއި ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

Advertisement
Advertisement


ސަރުކާރުން ވަނީ ކަނދުފަތިތަކުގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށްޓަކައި، އޭގެ ޑިޒައިނަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. 


މީގެ އިތުރުން، ސްޕޯޓްސް ފިޝިންގ އުތުރާއި ދެކުނުގައި ފުޅާކުރުމުގެ ގޮތުން ކަނދުފަތި އުފައްދާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ. މިފަދަ މަރުކަޒުތަކުގެ ސަބަބުން، ކަނދުފަތިތައް ކެނޑުމުން ނުވަތަ ހަލާކުވުމުން މަރާމާތުކުރުމަށް ހޭދަވާ ވަގުތު ކުޑަވެ، މަސްވެރިންނަށް މެދުކެނޑުމެއްނެތި މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.                   

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement