ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރާއެކު ބާރުސްޕީޑުގައި ކުރިއަށްދަނީ: ރައީސް

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރާއެކު ބާރުސްޕީޑުގައި ކުރިއަށްދަނީ: ރައީސް

2 hours ago - 18:44
Advertisement
Advertisement

މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


މިދިޔަ މަހުގެ 30 ވަނަ ދުވަހު އަމަލީ މަސައްކަތް އަލުން ފެށި މި މަޝްރޫޢުގެ ދަށުން، ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މިހާރު ކުރިއަށްދަނީ މީގެ ކުރިން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތެވެ. 

Advertisement
Advertisement


ގިރާވަރުފަޅުން މާލޭގެ ރައްޔިތުންނަށް 4 ސައިޒެއްގެ ޖުމުލަ 4,072 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި މަޝްރޫޢު ކުރިއަށްދާއިރު، ސަރުކާރުން ވަނީ ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލާފައެވެ. މި ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުމުގެ މަސައްކަތްވެސް މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ވީހާވެސް އަވަހަށް ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ރައްޔިތުންނަށް ލިބިފައިވާ ގޯތިތައް ހަވާލުކުރުމަށެވެ. ދެ ޑްރެޖަރު ބޭނުންކޮށްގެން އެއްފަހަރާ މަސައްކަތް ކުރިއަށް ގެންދިއުމަކީ މި މަޝްރޫޢު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. 


މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިރާވަރުފަޅު ހިއްކުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement