ރަސްމާލެއާ ދެކޮޅަށް މިރޭ ބާއްވާ އެއްވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެ

ރަސްމާލެއާ ދެކޮޅަށް މިރޭ ބާއްވާ އެއްވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެ

10 hours ago - 19:16

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބާއްވާ އެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެކަން އެނގިއްޖެއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެއްވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެކަން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅަކަށް ކަށަވަރުކޮށްދެއްވާފައެވެ.


އިދިކޮޅު ފަރާތްތަކުން ގުޅިގެން "ގައުމީ ހަރަކާތް" މި ނަމުގައި މިރޭ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި އެއްވުމަކީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ރަސްމާލެ ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު ހަވާލުކުރުމާ ގުޅިގެން، އެ ނިންމުމާ ދެކޮޅަށް އަޑުއުފުލައި އެކަން ހުއްޓުވުމަށް ބާއްވާ އެއްވުމެކެވެ. ރަސްމާލެ މަޝްރޫއާ މެދު އޮތް ކަންބޮޑުވުންތަކާއި ނުރުހުން ފާޅުކުރުމަށް ބާއްވާ މި އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.


މި އެއްވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިނުގަންނަވާނެކަން ހާމަކޮށްފައިވީ ނަމަވެސް، އިދިކޮޅު އެހެން އިސް ލީޑަރުން މި އެއްވުމުން ފެންނާނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ކުރީގެ ނައިބު ރައީސް އަދި ސިޔާސީ އިސް ބޭފުޅުން މި އެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow