މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމު ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށައިފި

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމު ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ފަށައިފި

1 hour ago - 14:50
May 13, 2026 - 14:58

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުން މަސައްކަތް ފަށައިފިއެވެ.


އެނގިފައިވާގޮތުގައި، ނާޒިމު މަގާމުން ވަކިކުރުމަށް ނިންމީ މިއަދު މެންދުރު ކުރިން ބޭއްވި އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ނާޒިމު މަގާމުން ވަކިކުރުމަށް ފާސްކޮށްފައެވެ. 


އެ މެންބަރު އިތުރަށް ވިދާޅުވި ގޮތުގައި، ނާޒިމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން، މައްސަލަ ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން މިހާރު ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.


މީގެ އިތުރުން، މިއަދު ހެނދުނުގެ ވަގުތެއްގައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕާއި، ޕާޓީގެ ލީޑާޝިޕްގެ އެކި ގުރޫޕުތަކުން ނާޒިމު ބޭރުކޮށްފައިވާކަން ވެސް މައުލޫމާތު ދެއްވި މެންބަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.


ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުުއްރަހީމް އަބްދުﷲ އާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނާޒިމު މަގާމުން ވަކިކުރުމަށް ޕީއެންސީން ނިންމި ސީދާ ސަބަބެއް މިހާތަނަށް އެ ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.


އަހްމަދު ނާޒިމަކީ 2009 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އަދި އެންމެ ގިނަ ދުވަހު މެންބަރުކަން ކުރައްވާފައިވާ އެއް ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow