ރައީސުލްޖުމްހޫރިއްޔާ ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ކޮޕް31 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ފުރާވަޑައިގެންފި

12 minutes ago - 10:39
Advertisement
Advertisement

ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) ގެ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް) ގެ 31 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ. މީގެއިތުރުން، ސަމިޓުގެ ހަވާސާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީ ފަންތީގެ އެކި ބައްދަލުވުންތަކާއި މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުންނާއި ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި، ޔޫއެންއެފްސީސީސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް އެއްވާ މުހިންމު ސަމިޓެކެވެ. މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމާޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުން މި ބައްދަލުވުމުގައި އެފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ޙިއްސާކުރާނެއެވެ.


ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު އެކުލަވައިލި ތާރީޚީ ޔޫއެންއެފްސީސީސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުޢާހަދާއަކީ 2015 ވަނަ އަހަރު މުޅި ދުނިޔެ އެއްބަސްވި ޕެރިސް އެގްރީމެންޓުގެ ވެސް މައިގަނޑު އަސްލެވެ. ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމަކީ ދިވެހިރާއްޖެ ކަމަށްވާތީ، މި ސަމިޓަކީ ރާއްޖޭގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި އުފުލުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement