ހެލްތް އެކްސްކޯ ފަށައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހެލްރް އެކްސްޕޯ ހުޅުއްވައިދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

ހެލްތް އެކްސްކޯ ފަށައިފި

12 days ago - 11:42
Nov 9, 2024 - 11:42
Advertisement
Advertisement

މިއަހަރުގެ ހެލްތް އެކްސްޕޯ ފަށައިފިއެވެ. ހެލްތް އެކްސްޕޯ ރޭ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު އެވެ.

ހެލްތު އެކްސްޕޯ 2024 އަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓްރީން ކުރިއަށް ގެންދާ އެކްސްޕޯ އެކެވެ. އެކްސްޕޯ ކުރިއަށް ގެންދަނީ 2 ދުވަހުގެ މުއްދަތަށެވެ.

ހެލްތު އެކްސްޕޯ 2024 ފެށުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޞިއްޙީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ ވަނަވަރު ހިމެނޭހެން ތައްޔާރުކޮށްފައިވާ "ހަފުތާ 52" އާންމުކޮށްދެއްވާފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ހެލްތު އެކްސްޕޯ 2024 ގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. ހެލްތު އެކްސްޕޯ 2024ގައި، ޞިއްޙީ ދާއިރާގެ އެކިއެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު މި އެކްސްޕޯގައި ގާއިމުކޮށްފައިވާ 50 ސްޓޯލަކުން، އާންމުންނަށް މައުލޫމާތު ލިބޭނެ އިންތިޒާމު ޞިއްޙަތާބެހޭ ވުޒާރާއިން ވަނީ ހަމަޖައްސަވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement