އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު ނިންމާ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި
އޮރެންޖް ހިޔާ: ފޮޓޯ-އެމްއެންޑީއެފް

އޮރެންޖް ހިޔާގައި ހެދި ތެލެސީމިއާ ސެންޓަރު ނިންމާ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފި

ގައުމީ ކަމެއްގެ ގޮތުގައި އޮރެންޖް ހިޔާގެ މަސައްކަތް ކުރީ ސިފައިން

5 hours ago - 10:17
May 8, 2025 - 10:22
Advertisement
Advertisement

ތެލެސީމިޔާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ސިފައިންނާ ހަވާލުކުރެއްވި 'އޮރެންޖް ހިޔާ" ނިންމާ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ތެލެސީމިޔާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބިޑުވުންތަކަށް އަވަސް ހައްލު ހޯދައިދެއްވުމަށް އޮރެންޖް ހިޔާގެ މަސައްކަތް ސިފައިންނާ ހަވާލުކުރެއްވީ ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ނިންމެވުމަށެވެ. އެނިންމެވުން ރައީސް ނިންމެވީ ތެލެސީމާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ގިނަ ދަތިތަކެއް ފާހަގަކޮށް, ކަންބޮޑުވުން ފާޅުކުރެއްވުމާއެކު އެފަރާތްތަކާ ބައްދަލުކުރެއްވުމަށްފަހުއެވެ. އެއީ މާރޗް މަހުގެ 23 ވަނަ ދުވަހު އެވެ.

އެމްއެންޑިއެފްއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ، ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކުރައްވައިގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފި ކަމަށެވެ.

Advertisement
Advertisement

އެތަން އެމްއެންޑީއެފްއިން ހަވާލުކުރީ އޮރެންޖް ހިޔާގައި ސިފައިން ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމާއެކުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement