ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ބަންދެއް ނުކުރާނެ – ސަރުކާރު
ރަޖިސްޓްރީ ކޮށްގެން ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ހިންގާ އެއްވެސް ނޫހެއް ބަންދެއް ނުކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ
ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ޝަހީބު މިހެން ވިދާޅުވީ ސަރުކާރުކާރަށް ފާޑުކިޔާ 2 ނޫހެއް ބްލޮކް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އަޑުތައް ފަތުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ ސަރުކާރަށް އިދިކޮޅު ޚަބަރުތައް ލިޔަމުން އަންނަ ކުރުސީ ވެބްސައިޓާއި ދިޔަވަރު ވެބްސައިޓް ރާއްޖެއިން ބޮލޮކް ކޮށްފައިވާ ކަމަށް އެކްސްގައި އިއްޔެ ބުނެފައި ވަނިކޮށެވެ.
ނޫހެއްގެ ގޮތުގައި ހިންގަމުން އަންނަ އެ ދެ ވެބްސައިޓަކީ މިހާތަނަށް ރާއްޖޭގައި ނޫސްމަޖައްލާއެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ވެބްސައިޓެއް ނޫނެވެ. އެހެން ނަމަވެސް އެ 2 ވެބްސައިޓަށްވެސް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކް ކޮށްފައެއް ނުވެއެވެ.
ރިއެކްޝަންސް