ސްޕޯރޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި
މުޙައްމަދު ވިސާމް ސިދުގީ: ފޮޓޯ- ދިވެހި ފުލުހުންެގެ ޚިދުމަތް

ސްޕޯރޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

3 hours ago - 14:14
Oct 22, 2024 - 14:14
Advertisement

މިދިޔަ މަހު ހުޅުމާލެ ސެންޓްރަލް ޕާރކް ކައިރިން ސްޕޯރޓްސް ކާރަކުން ޖެހި މީހަކު މަރުވި މައްސަލާގައި އެކާރު ދުއްވި ޑްރައިވަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ ތަހުގީގު ނިންމާ ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އެމައްސަލާގައި ދައުވާކުރަނީ ސ.ހިތަދޫ 26 އަހަރުގެ ވިސާމް ސިދުގީގެ މައްޗަށެވެ. ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

އެއެކްސިޑެންޓް ހިނގީ ސެޕްޓެމްބަރު ފަސްވަނަ ދުވަހުގެރޭ ދަންވަރު ހުޅުމާލޭގައި އޮތް ދުވުމެއްގައި ބައިވެރިވާން ދިޔަ ޒުވާނަކު ދުއްވި ސައިކަލެއްގައި ޖެހިގެންނެވެ.

ސައިކަލް ދުއްވަން އިން ޒުވާނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އެކްސިޑެންޓްގައި ނިޔާވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރަމުން އައި ހަސަން ސަމާހުއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement