އިސްލާމިކް މިނިސްޓަރަށް މަރުގެ އިންޒާރ ދިން މައްސަލައެއް ބަލަން ފަށައިފި
އިސްލާމިކް މިނިސްޓަރ ޝަހީމް: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރަށް މަރުގެ އިންޒާރ ދިން މައްސަލައެއް ބަލަން ފަށައިފި

3 hours ago - 14:21
Oct 22, 2024 - 14:21
Advertisement

އިސްލާމިކް މިނިސްޓަރަށް މަރުގެ އިންޒާރ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މަރުގެ އިންޒާރު ދިނީ ކޮންއިރަކު ކިހިނެއް ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް މަރުގެ އިންޒާރު ދިން މައްސަލައެއް ސިޓީއަކުން އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ" މީޑިޔާއާ ހިއްސާ ކުރި ކުރު މެސެގްޖައި ފުލުހުން ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި ދޭތެރެ ދޭތެރެއިން އެކި ފަރާތްތަކާ އިސްލާމިކް މިނިސްޓަރާ ދެމެދު ދެބަސްވުން އުފެދެއެވެ. އަދި ރައްދު ދިނުން ކުރިއަށް ދެއެވެ. މީގެއިތުރުން އިލްމްވެރިން ތިއްބަވާ ވައިބަރ ގްރޫޕްތަކުގައިވެސް އެފަދަ ހިޔާލުތަފާތުވުންތަކާއެކު ބަހުގެ ހަމަލާތައް ބަދަލުކުރައްވައެވެ. ނަމަވެސް އިންޒާރާ އެފަދަ ކަމަކާ ގުޅުން އޮތްކަމެއް ސާފެއް ނޫނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement