ބިދޭސީންނާ ގުޅޭ ފީތަކުން ނުލިބި އޮތް އެއް ބިލިއަން ރުފިޔާ ހޯދައިފިން- މިނިސްޓަރ އިހުސާން
މިނިސްޓަރ އަލީ އިހުސާން

ބިދޭސީންނާ ގުޅޭ ފީތަކުން ނުލިބި އޮތް އެއް ބިލިއަން ރުފިޔާ ހޯދައިފިން- މިނިސްޓަރ އިހުސާން

30 days ago - 15:36
Oct 22, 2024 - 15:36
Advertisement
Advertisement

ބިދޭސީންނާ ގުޅޭ ފީތަކުން ނުލިބި އޮތް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދިއްޖެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖްމްހޫރިއްޔާގެ އޮފީހުގައި އެމިނިސްޓްރީއާއި, އެމިނިސްޓްރީގެ ދާއިރާގެ ތެރެއިން މަސައްކަތްކުރާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ 'އޮޕަރޭޝަން ކުރަނގި" ގެ މަސައްކަތްތައް އަމާޒަށްވުރެ އަވަހަށް ނިމެމުންދާ ކަމަށެވެ. ބިދޭސީންނާ ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ފަށާ, މިއަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު މިނިސްޓްރީން ވަނީ ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓެއް ޢާއްމުކޮށްފައެވެ. އެއީ ވިސާފީއާއި ވޯކްޕާމިޓް ފީއާއި, ކޯޓާފީ, އަދި ޖޫރިމަނާގެ ގޮތުގައި ފައިސާ ނުދައްކާ ފަރާތްތަކެވެ. އެލިސްޓްގައިވާ ގޮތުން އޭރު ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. މިއަދު މިނިސްޓަރ ވިދާޅުވީ އޭގެތެރެއިން ނުލިބި ވަނީ މިހާރު ނުލިބިވަނީ  703 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެފައިސާ ހޯދުމުގެ މަސައްކަތުގައި ފައިސާ ނުދައްކާ ފަރާތްތައް ސިސްޓަމުން ބްލޮކްކޮށް, އެމީހުންނަށް ޚިދުމަތް ދިނުން ހުއްޓާލެއްވި ކަމަށެވެ. އަދި އަލުން ޚިދުމަތް ދިނީ ފައިސާ ދެއްކުމުން ކަމަށް ވިދާޅުވިއެވެ.

އޮޕަރޭޝަން ކުރަނގީގެ ދަށުން  ކުރިއަށް ގެންދާ ބިދޭސީންގެ އައިޑެންޓިފިކޭބަން ދެނެގަތުމުގެ މަސައްކަތުގައިވެސް އަމާޒަށްވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބައޮމެޓްރިކްސް އައިޑެންޓިފިކޭޝަންގެ މަސައްކަތުގައި މިހާތަނަށް 6891 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނަގަން އަހަރަކަށް އަމާޒު ހިފާފައި ވިޔަން އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމާލެވޭނެ ކަމުގެ އުއްމިދު އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމަސައްކަތް މިވަގުތުވެސް 82 ރަށެއްގައި ކުރަމުންދާކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

Advertisement
Advertisement

މިނިސްޓަރ ވިދާޅުވީ އޮޕަރޭޝަން ކުރަނގިއަށް ބޭނުންވާ ސޮފްޓްވެއާ ޑިވެލޮޕްކުރެވި, މިހާރު ބޭނުންކުރަމުން ދަނީ އެސޮފްޓްވެއަރ ކަމަށެވެ. އެގޮތުން އަތުގައި ހުރި ޑާޓާއާއި މިހާރު ނަގަމުންދާ ޑާޓާ މިކްސް ކުރަމުންދަނީ ސިސްޓަމްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ އަށް ޖުމްލަ ހައްލެއް ގެނައުމެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement