މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މިދައުރުގައި ގެނެވޭނެ- މިނިސްޓަރ
މިނިސްޓަރ އަލީ އިހުސާން

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މިދައުރުގައި ގެނެވޭނެ- މިނިސްޓަރ

3 hours ago - 15:53
Oct 22, 2024 - 15:54
Advertisement

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލިހުގެ މިދައުރުގައި ގެނެވޭނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނައުން މުހިއްމު ކަމަށެވެ. އެބަދަލުތައް ރައްޔިތުންގެ މަޖިލިހުގެ ހިނގަމުންދާ ދައުރުގެ ތެރޭގައި ގެނެވޭނެ ކަމުގެ ޔަގީންކަން ބަންޑާރަނައިބު ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ޑްރާފްޓް މިނިސްޓްރީން ވަނީ ކއޭޖީއަށް ފޮނުވާފައެވެ

" އޭޖީ ޔަގީންކަން ދެއްވަނީ ރައްޔިތުންގެ މަޖިލިހުގެ މިދައުރުގެ ތެރޭގައި ބިލްތައް ޤާނޫނަކަށް ގެނެވޭވަރަށް މަސައްކަތް ކޮށްދެއްވާނެކަމަށް." ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރ އިހުސާން ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ ހުއްޓުވާފައިވާ ކަމަށެވެ. މީގެން އަންގައިދެނީ ރާއްޖޭގެ މާހައުލުގައި މަސްތުވާތަކެތީގެ މައްސަލަ އޮތްވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.

Advertisement

މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް, މަސްތުވެގެން މަގުމަތީގައި އުޅޭ މީހުންނާއި, މަސްތުވާތަކެތި ބޭނުން ކުރުމަށް ވައްކަމާއި ފޭރުން ފަދަ ކުށްތައް ކުރާ މީހުން ދެނެގަނެ އެމީހުން ފަރުވާއަށް ގެންދިއުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެމަސައްކަތުގެ ދަށުން މިއަދު މާލެ ތެރެއިން އެފަދަ މީހުން ހޯދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement