ޕީޖީ ޝަމީމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީގެ މެމްބަރުން ފަށައިފި
ޕީޖީ ހުސައިން ޝަމީމް

ޕީޖީ ޝަމީމް ވަކިކުރުމުގެ މަސައްކަތް ޕީއެންސީގެ މެމްބަރުން ފަށައިފި

1 month ago - 14:41
Aug 13, 2024 - 20:35
Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ފަށައިފި އެވެ.

މެޖޯރިޓީ ޕާޓީގެ ފަރާތުން ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.

 

މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމާއެކު އެކޮމިޓީން ވަނީ މައްސަލަ ދިރާސާކުރަން ފާސްކޮށްފައެވެ. ޝަމީމް ވަކިކުރަން ހުށަހެޅުއްވި ސިޓީގައި މެމްބަރު ޝާހިދު ތުހުމަތު ކުރައްވާފައިވަނީ ޕީޖީ ޝަމީމް ނުފޫޒުން އެއްކިބާވެފައި ނުވާކަމަށެވެ. އަދި ވަކިވަކި ފަރާތްތަކަށް މަންފާވާނެ ގޮތަށް ބާރުގެ ބޭނުންކުރައްވާކަމުގެ ތުހުމަތު ކުރައްވާފައި ވެއެވެ.

Advertisement

 

އެފަދަ ބައެއް ތުހުމަތުތަކުގެ ތެރޭގައި ޖިންސީގޯނާގެ ތުހުމަތު ކުރެވުނު އަލީ ވަހީދުގެ މައްސަލައިގެ ދައުވާތައް ފައިލް ކުރުމާއި, ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްސަލައިގެ ދައުވާތައް ފައިލް ކުރުން, ސަފާރީ ރޭޕް ކޭސްގެ މައްސަލަ ފައިލް ކުރުން, މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާ މެމްބަރު ކަމުގައި ހުންނެވިއިރު ތުހުމަތު ކުރެވުނު ހިޔުމަން ޓްރެފިކިންގެ މައްސަލަ އަނބުރާ ގެންދިއުން ހިމެނެއެވެ.

ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީގެ 228 ވަނަ މާއްދާގެ ހ.ގެ ދަށުން ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement