މެލޭޝިއާއިން  ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ހެދޭނެގޮތް ހަމަޖައްސައިފި
މެލޭޝިއާގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފެށުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާއިން ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ހެދޭނެގޮތް ހަމަޖައްސައިފި

4 hours ago - 21:10
Apr 28, 2025 - 21:17
Advertisement
Advertisement

މެލޭޝިއާގައި ތިބެގެން ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓް ހެދޭނެގޮތް މިއަދު ހަމަޖައްސައިފިއެވެ. އެ ޤައުމުން މި ދެ ޚިދުމަތްވެސް ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގައި ގާއިމުކޮށްފައިވާ ދިވެހި އެމްބަސީންނެވެ.

މި ދެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅެމުންގެންދާ ދިވެހި ރައްޔިތުންނާއި ބައްދަލުކޮށްލެވުމުގެ ތެރޭގައެވެ.

މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ފަހު އެ ގައުމުގައި ފުރަތަމަ ޕްރިންޓްކުރި ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓާއި އައިޑީ ކާޑު އޭގެ ހައްގުވެރިންނާއި ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާ ދަރިވަރުން ތަމްސީލުކުރުމަށް ދިވެހި ސްޓޫޑަންޓް އެސޯސިއޭޝަނެއްވެސް ވަނީ އުފައްދަވާފައެވެ. އެސޯސިއޭޝަންގެ ރަޖިސްޓްރީ މެލޭޝިއާގައި ކިޔަވަމުންގެންދާ ދަރިވަރަކާއި ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

Advertisement
Advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިއަދު ރަޖިސްޓްރީ ކުރެވުނު ދިވެހި ސްޓޫޑަންޓް އެސޯސިއޭޝަނަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 3،000 ޑޮލަރު ޖަމާކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ދާދިފަހުން އިނގިރޭސި ވިލާތުގައި އުފެއްދި ދިވެހި ސްޓޫޑަންޓް އެސޯސިއޭޝަނެއްވެސް އަހަރަކު އެވަރު ޖަމާކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް އިތުރަށް ފާހަގަކުރެއްވިގޮތުގައި މިވަގުތު އެންމެ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުންގެންދާ ގައުމަކީ މެލޭޝިއާއެވެ. އެހެންކަމުން އެގައުމުގައި ވަރަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން ގެންދާކަންވެސް  އެމަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement