5 ފަޅުވެރިންނާއި އެކު ގދ. ގައްދޫއިން ފުރި ދޯންޏެއް ގެއްލިގެން ހޯދަނީ
ގެއްލިގެން ފުލުހުންގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރަމުންގެންދާ ދޯނި/ ފޮޓޯ: ފުލުހުމް

5 ފަޅުވެރިންނާއި އެކު ގދ. ގައްދޫއިން ފުރި ދޯންޏެއް ގެއްލިގެން ހޯދަނީ

12 months ago - 21:41
Apr 28, 2025 - 21:52
Advertisement
Advertisement

5 ފަޅުވެރިންނާއިއެކު، ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިގެން އެ ދޯނި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ މި ދޯނި ގައްދޫއިން ފުރީ 27 އޭޕްރިލްގެ ރޭ 8:00 އެހައިކަށްހާއިރު ކަމަށާއި، އަދި އެންމެ ފަހުން ދޯންޏާ ގުޅިފައިވަނީ 28 އޭޕްރިލްގެ ދަންވަރު 2:40 ގައި ކަމަށެވެ.  އޭރު ހުވަދޫ ކަނޑަށް ނުކުތްތާ މާގިނަ އިރުތަކެއް ނުވާ ކަމަށް ކެޕްޓަން ބުނެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ގެއްލުނު ދޯނީގައި ތިބީ 5 މީހުންކަމަށާއި، އޭގެ ތެރޭގައި 3 ދިވެހިންނާއި 2 ބިދޭސީން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، މިއަދު ހަވީރު 6:00 ގައި އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށްވެސް މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ދޯނި ހޯދުމުގެ މަސައްކަތް ފުލުހުންގެ ޚިދުމަތުން ފަށާފައިވާ އިރު، ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް އެއިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement