
ގެއްލުނު ދޯނި ފެނިއްޖެ, އެންމެންގެ ހާލުވެސް ރަނގަޅު- ފުލުހުން
ގދ.ގައްދޫ އިން ހުޅުމާލެ އަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނި ފެނިއްޖެއެވެ. ދޯނި ފެނުނީ ރޭ ފަތިހު ލ.އަތޮޅު ތެރެއިންނެވެ. ފަތިހު 5:00 ހާއިރު ދޯނި ފެނުނުއިރު ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
'ކެރިއަރ' ނަމަކަށް ކިޔާ ދޯނި ދަތުރުކުރީ 5 މީހުންނާ އެކުއެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ. ކޯސްޓް ގާޑާ ހަވާލާދީ ފުލުހުން ވިދާޅުވީ ދޯނި ފެނުނުއިރު އޮތީ އިންޖީނު ހުއްޓިފައި ކަމަށެވެ. ދޯންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ދޯނި ގެއްލުނީ ހޯމަ ދުވަހުގެރޭ 8:00 ހާއިރު ފުރައިގެން ދަތުރު ކުރަނިކޮށެވެ. ދޯނި ފެނުމުގެ ކުރިން އެންމެ ފަހުން އެދޯންޏަށް ގުޅިފައި ވަނީ އެރޭ ދަންވަރު 2:40 ހާއިރު އެވެ. އޭރު ދޯނި އޮތީ ހުވަދޫ ކަނޑު ފެންނަން ކައިރިވެފައި ކަމަށް ކެޕްޓަނާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






