ގެއަކަށް ދަންވަރު ވަދެ, ވެރިފަރާތަށް ބިރުދައްކާ ގެއްލުން ދިން 4 ޒުވާނަކު ހައްޔަރުކޮށްފި
މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު ޒުވާނުން

ގެއަކަށް ދަންވަރު ވަދެ, ވެރިފަރާތަށް ބިރުދައްކާ ގެއްލުން ދިން 4 ޒުވާނަކު ހައްޔަރުކޮށްފި

މައްސަލާގައި ހައްޔަރުކުރީ 23 އަހަރުން ދަށުގެ ޒުވާނުން

1 year ago - 13:52
Mar 9, 2025 - 13:53
Advertisement
Advertisement

މާލޭގެ ގެއަކަށް ދަންވަރު ވަދެ, ވެރިފަރާތަށް ބިރުދައްކާ ގެއްލުން ދިން 4 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި ހައްޔަރުކުރީ އއ.މާޅޮސް, ރީތިހިޔާ/ މުޙައްމަދު އަފްލާހު އާއި އިލާސް, ނ.ވެލިދޫ އިބްރާހީމް އަހްނަފް އާއި ހަވޭލި, ނ.މަނަދޫ މުޙައްމަދު އަޒާން އާއި  ތ.ގުރައިދޫ, ފަޒާ އަލީ ނަވާފް އެވެ. ފުލުހުން ބުނީ ހަތަރު މީހުންވެސް ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ރޭ 12:45 ހާއިރު އެވެ.

މިހާދިސާ ހިނގީ ގަލޮޅުގެ ގެއެއްގައެވެ. ފުލުހުން ބުނީ އެމީހުން އެގެއަށް ވަނީ ގޭގެ ވެރިފަރާތަށް ބިރުދައްކާ, އިންޒާރު ދިނުމަށްފަހު ކަމަށެވެ. އެމައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުމުން, އެމީހުން ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ.

ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement