
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީއަކަށް އަޖުވަދު ހަމަޖައްސައިފި
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު މުޞްޠަފާ ހަމަޖައްސަވައިފިއެވެ.
ޕީއެސް މަޤާމުގެ ލިޔުން އަޖުވަދާއި ހަވާލުކޮށްދެއްވީ އެ ކޮމިޝަންގެ ރައީސް، މުޙައްމަދު ނާސިޙުއެވެ. އަޖުވަދަކީ 2014 އިން ފެށިގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އުވާލަންދެން އެ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އުފައްދާފައިވަނީ ކުރިން ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރެއްވުމަށް ފަހު މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
ރިއެކްޝަންސް






