ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އެލްޖީއޭއިން ކައުންސިލްތަކަށް ގޮވާލައިފި
ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން އެލްޖީއޭއިން ކައުންސިލްތަކަށް ގޮވާލައިފި އެވެ. މިކަމަށް ގޮވާލާ އެލްޖީއޭއިން ބަޔާނެއް ނެރެފައި މިވަނީ އޭސީސީގެ ތަހުގީގަކަށް، ތިނަދޫ ސިޓީ ކައުންސިލުން އެއްބާރުލުން ނުދިން ކަމަށް ބުނެ އޭސީސީން ބަޔާނެއް ނެރެފައި ވަނިކޮށެވެ.
ވަކި ކައުންސިލެއް އަދި ވަކި ކަމެއް ފާހަގަނުކޮށް އެލްޖީއޭގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ޤާނޫނުތަކަށް ހުރިހާ ކައުންސިލްތަކުންވެސް ތަބާވާންޖެހޭނެ ކަމަށެވެ. އަދި އެކަން ބަލާ ކަށަވަރު ކުރުމަކީ އެލްޖީއޭގެ ޒިންމާއެއްކަން ހަނދާންކޮށްދީފައި ވެއެެވެ.
އެލްޖީއޭއިން ބުނީ ތަހުޤީގީ އިދާރާތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ދެމުންނުދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެކަމާ ކަންބޮޑުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އޭސީސީން ގޮވާލީ ތަހުޤީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށެވެ.
ތަހުޤީގީ އިދާރާތަކުގެ ގާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ކައުންސިލަކުން ހުރަސް ނޭޅުމަށް އެލްޖީއޭއިން ވަނީ އެދިފައެވެ. މައްސަލަތަކާ ގުޅިގެން ތަހުޤީގީ އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކަށް އަމަލުކުރުމަށްވެސް އެލްޖީއޭއިން ވަނީ އެދިފައެވެ.
ރިއެކްޝަންސް