
ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމަނައިފި
ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމަނައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެ ނިންމެވުން ނިންމަވާ ޤަރާރު ވަނީ ގެޒެޓް ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅެއްވުމުގެ މަސްއޫލިއްޔަތު މަތިކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ އިހުތިސާސްގެ ތެރޭގައި ފަޅު ރަށްތަކާއި, ފިނޮޅުތައް ހިމަނުއްވަމުން ގެންދަވަނީ ކައުންސިލްތަކަށް ބާރުވެރިކަން ހޯދައިދީ, އާމްދަނީ ހޯދުމުގެ މަގުތައް ފަހިކޮށްދެއްވުމަށެވެ.
ގަމުގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓުވެސް މިއަދު ވަނގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
ރިއެކްޝަންސް






