
ޝަރުޢީގޮތުން މަނާކަމެއް ނުކުރާ ނަމަ މާހެފުމަކީ ޖާއިޒު ކަމެއް: އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު
ޝަރުޢީގޮތުން މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު މާހެފުމަކީ ޖާއިޒު ކަމެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ސޯސްލަ މީޑިއާ މެދުވެރި ކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.
މި ދުވަސަވަރަކީ ރޯދަމަސް ގާތްވެފައިވާ ދުވަސްވަރަކަށްވެފައި ރާއްޖޭގެ އާދަކާދައިގެ މަތިން ގިނަބަޔަކު ރޯދަމަހަށް ތައްޔާރުވަމުން އަންނަ ދުވަސްވަރެކެވެ. މިދުވަސްވަރު ދިވެހިންގެ އެކުވެރިކަމާއި އެއްބައިވަންތަ ބަދަހި ކުރުމަށް އެންމެ ގިނަ ބަޔަކު ކުރަމުން ގެންދާ އެއްކަމަކީ މާހެފުމެވެ.
މިކަމަށް އިޝާރާތްކުރައްވާ ވަޒީރު ޑރ. ޝަހީމް ވިދާޅުވެފައި ވަނީ މިއީ ރާއްޖޭގެ ސަގާފަތުގެ ތެރޭގައި އޮތް އިޖުތިމާޢީ އާދައެއްކަމަށާއި، ދީނީ އަޅުކަމެއްގެ ގޮތުގައި ނުބެލޭތީ ބިދުޢައަކަށް ނުވާނެކަމަށެވެ.
ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ސާފުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމކުރުމަކީވެސް ރިވެތި އާދައެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚްލާޞްތެރިވުމާއި، މަޢާފްކުރުމާއި، ތައުބާވުމާއި، އަޅުކަމަށް ތައްޔާރުވުންކަމަށް ވިދާޅުވިއެވެ.
"ރަމަޟާން މަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް" ވަޒީރު ޑރ. ޝަހީމުގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.
ރިއެކްޝަންސް






