އައްޑޫ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޭނުންނުކުރެވޭ ވަރަށް ގެއެއް އަނދާ ހުލިވެއްޖެ
އައްޑުގައި ހިގި އަލިފާނުގެ ހާދިސާ / ފޮޓޯ:އެމްއެންޑީއެފް

އައްޑޫ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޭނުންނުކުރެވޭ ވަރަށް ގެއެއް އަނދާ ހުލިވެއްޖެ

އެގެއަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދުގެ ގެ

1 year ago - 11:37
Feb 21, 2025 - 11:55
Advertisement
Advertisement

އައްޑޫ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޭނުންނުކުރެވޭ ވަރަށް ގެއެއް އަނދާ ހުލިވެއްޖެއެވެ. އަނދާ ހުލިވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ގާލެންޑް" ގެއެވެ.

އެ ގެއަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ދިރިއުޅުއްވާ ގެއެވެ. ހާދިސާ ހިނގިއިރު މުޙައްމަދު ރަޝީދު ހުންނެވީ މާލޭގައެވެ. އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ގޮތުގައި، މުޅި ގެ އަނދައި ހުލިވެ، އެއްވެސް އެއްޗެއް ސަލާމަތްވެފައެއް ނުވެއެވެ.

އެއީ މީހުން ދިރިއުޅެމުން އައި ގެއެކެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 5:11 ގައި ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަލިފާން ނިއްވާލީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ނެވެ. އަލިފާން މުޅިން ނިއްވާލެވުނީ ހެނދުނު 08:05 ހާއިރުކަމަށް އެމްއެންޑީއެން ބުންޏެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement