ހިޖުރީ އާ އަހަރުގެ ޢަޒުމަކީ ޤައުމު  އިސްލާޙު ކުރުމުގައި އެންމެން އެކަތި ގަނޑަކަށްވުން-ރައީސް

ހިޖުރީ އާ އަހަރުގެ ޢަޒުމަކީ ޤައުމު އިސްލާޙު ކުރުމުގައި އެންމެން އެކަތި ގަނޑަކަށްވުން-ރައީސް

2 months ago - 05:56
Jul 8, 2024 - 17:51
Advertisement

ހިޖުރީ އާ އަހަރެއްގައި، އާ ކުރަންވީ އެއް ޢަޒުމަކީ އެއްބައިވަންތަވެ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ހިޖުރީ އާ އަހަރުގެ  މުނާސަބާގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޖުރައިގެ މަތިވެރި ތާރީޚުގެ މައްޗަށް އަލިއަޅުވާލައްވައިފަ އެވެ. 

އެމަނިކުފާނުގެ ޚިޠާބުގައި، ޤައުމުގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ޢާއިލާތަކުގެ ބަދަހިކަމަށް މަސައްކަތްކޮށް އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އިސްރާފު ނުކުރުމާ، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމާ، އާ އަހަރުގެ އަޒުމަކަށް ހަދަންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާ، ފުދުންތެރިކަމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުންކަން ފާހަގަކުރައްވާފައިވެ އެވެ. 

ހިޖްރީ އާ އަހަރަކާ ބައްދަލުކުރާއިރު، ފަލަޞްޠީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ، ހަނގުރާމައިގެ ނާމާން ޙާލަތަކީ މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅިގެން އެއް އުންމަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ޚިޠާބުގައި ފާހަގަކުރައްވާފައިވެ އެވެ. 

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ ދިވެހީންގެ އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement