އިމިގްރޭޝަންގެ އަލިމަސް ޔޫބިލްގެ ތަހްނިޔާ ރައީސް ދަންނަވައިފި
އިމިގްރޭޝަންގެ ބައެއް މުއައްޒަފުން / ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ އަލިމަސް ޔޫބިލްގެ ތަހްނިޔާ ރައީސް ދަންނަވައިފި

5 days ago - 12:18
Mar 24, 2025 - 12:49
Advertisement
Advertisement

ރާއްޖޭގެ އިމިގްރޭޝަންގެ ޚިދުމަތަށް 75 އަހަރުފުރުމާއި ގުޅިގެން ޚިދުމަތުގެ އަލިމަސް ޔޫބިލްގެ ތަހްނިޔާ މޯލްޑިވްސް އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވައިފިއެވެ.

ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަންގެ ދާއިރާގައި ކުރީން މަސައްކަތްކޮށްދެއްވި އަދި މިހާރުވެސް މަސައްކަތުގައި ދެމިތިއްބެވި ހުރިހާ ޚިދުމަތްތެރީންނަށް މަރްޙަބާއާއި ޝުކުރު ދަންނަވާ ކަމަށެވެ.

ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 1950ވަނަ އަހަރުއެވެ. އޭރު މޯލްޑިވިއަން ޕާސްގެ ނަމުގައި ދަތުރުކުރުމަށް ޚާއްސަ ލިޔުމެއް ދޭން ފެށިއެވެ.

1964ވަނަ އަހަރު ދިވެހި ޕާސްޕޯޓް ތަޢާރަފުކުރެވުނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ 2016ވަނަ އަހަރު ތަޢާރަފުކުރެވުނު ސެކަންޑް ޖެނެރޭޝަން އީ-ޕާސްޕޯޓެވެ. އަދި މިއަދު ދިވެހިރާއްޖެއިން ދޫކުރަމުންދާ ޕާސްޕޯޓަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ރައްކާތެރި އެއް ޕާސްޕޯޓްކަމަށް މުޅި ދުނިޔެވެސް ގަބޫލުކުރަމުން ގެންދާ އެއް ޕާސްޕޯޓެވެ.

Advertisement
Advertisement

މިއަދު ރާއްޖޭގެ އިމިގްރޭޝަންގެ ޚިދުމަތްވަނީ އެތައް ގޮތަކުން ފުޅާވެ ތަރައްގީވެފައެވެ. މިއަދު އިމިގްރޭޝަނަކީ ރާއްޖޭގެ އެންމެބޮޑު މައިދޮށާށިކަމަށްވާ އިންޓަނޭޝަންލަ އެއާޕޯޓުން ރާއްޖެ އެތެރެވޭ އެންމެހާ ފަރާތްތަކެއްގެ ކަންތައްތައް ބެލެހެއްޓުމުގެ އެންމެބޮޑު ޒިންމާ އަދާކުރައްވަމުން ގެންދަވާ މުއައްސަސާވެސް މެއެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement