ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ދަނީ އިތުރަށް ހަރުދަނާކުރަމުން: ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް

ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ދަނީ އިތުރަށް ހަރުދަނާކުރަމުން: ރައީސް މުޢިއްޒު

1 year ago - 13:31
Mar 24, 2025 - 13:54
Advertisement
Advertisement

ޓިއުބަރކިއުލޯސިސް، ޓީބީ ރާއްޖޭން ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައި ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯސަލް މީޑިއާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އެމަނިކުފާނުގެ ވިދާޅުވީ ދިވެހިރާއްޖެއަކީ ޓީބީ ކޭސްތައް ދެނެގަތުމާއި ފަރުވާ ހޯދުމުގައި އިސް ސަފުގައި ހިމެނޭ ޤައުމެއް ކަމަށެވެ. އެގޮތުން 1998 އިން ފެށިގެން ރާއްޖެއަކީ ކޭސްތައް ދެނެގަތުމުގެ 70 އިންސައްތަ އާއި ބަލިން ފަރުވާ ހޯދުމުގައި 85 އިންސައްތަ ހާސިލްކޮށްފައިވާ ފަސް ޤައުމުގެ ތެރެއިން އެއް ޤައުމު ކަން ފާހަގަކުރެއްވިއެވެ. 

ޓިއުބަރ ކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދިނުން ފަދަ ކަންކަމާއެކު ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށާއި، އަދި އަވަހަށް ބަލި ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ފުރިހަމަ ފަރުވާ ކަށަވަރުކުރުމަށްވެސް ސާބިތުކަމާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement