ފަލަސްތީނަށް ދޭންފެށި ހަމަލާތައް ހުއްޓުވައި ދިނުމަށް ރާއްޖެއިން ގޮވާލައިފި
އިސްރާޢިލުން ވަނީ އެއްދުވަސްތެރޭގައި އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލައިފައި

ފަލަސްތީނަށް ދޭންފެށި ހަމަލާތައް ހުއްޓުވައި ދިނުމަށް ރާއްޖެއިން ގޮވާލައިފި

6 days ago - 11:25
Mar 19, 2025 - 11:35
Advertisement
Advertisement

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން އަނެއްކާވެސް ދެމުންދާ ލާއިންސާނީ އުދުވާނުތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން ދުނިޔެއަށް ގޮވާލައިފި އެވެ.

އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭއިރު، މި ރޯދަމަހުގެ ތެރޭގައި އިޒްރޭލުން ފަށާފައިވާ މި ހަމަލާތަކަކީ ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.

އިޒްރޭލާއި ހަމާސް އިން ހެދި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަމަލާ ނުދީ ތިބުމަށް ފަހު، އިޒްރޭލުން ޣައްޒާގެ އެތަންމިތަނަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ އިތުރުވެފައެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް ފަހު، ދެ ވަނަ މަރުހަލާ ފެށުމުގެ ގޮތުން އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން އެމެރިކާ އާއި އިޒްރޭލުން ކުރި ޝަރުތަށް ހަމާސް އެއްބަސް ނުވުމުން ކަމަށް ބުނެ ދިން ހަމަލާތައް އަމާޒުކުރީ ހަމާސްގެ މަރުކަޒުތަކަށް ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، "އިޒްރޭލުން ކުރިއަށް ގެންދާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހިރާއްޖެ އިން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ" ކަމަށެވެ.

Advertisement
Advertisement

މި މައްސަލަ އަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމުގައި ރާއްޖޭން ނަގާފައިވާ ސްޓޭންޑު ވަނީ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ތަކުރާރުކޮށްފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement