އުސްފަސްގަނޑުގައި ބައިބަލާ ރިންގެއް ހަދައިދީފި
އުސްފަސްގަނޑުގައި ބައިބަލާ ރިންގް ތައްޔާރުކުރަނީ

އުސްފަސްގަނޑުގައި ބައިބަލާ ރިންގެއް ހަދައިދީފި

1 year ago - 11:54
Mar 19, 2025 - 11:54
Advertisement
Advertisement

މާލޭގެ ޒުވާނުންނަށް އުސްފަސްގަނޑުގައި ބައިބަލާ ރިންގެއް ހަދައިދީފި އެވެ. ބައިބަލާ ކުޅޭނެ މައިދާނެއް އުސްފަސްގަނޑުގައި ތައްޔާރުކުރީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ނެވެ.

އެމިނިސްޓްރީން ވިދާޅުވީ އެތަން ހެދީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ. ބައިބަލާ ރިންގް ތައްޔާރުކުރީ އެމިނިސްޓްރީގެ ޕަބްލިކް ވަރކްސް މުވައްޒަފުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން މާލޭގެ ޒުވާނުންނަށް ބައިބަލައި ކުޅެވޭނެ މައިދާނެއް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އުސްފަސްގަނޑު ސަރަޙައްދުގައި ޤާއިމްކޮށްދެއްވައިފިއެވެ.

އެ މައިދާނުގައި ކުޅެވޭ ވަރަށް މިހާރު މަސައްކަތް ނިންމާލާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ މާފަންނު ސަހަރާގައި ބައިބަލައި ކުޅުމަށް ޒުވާނުންގެ ތެރޭން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުމަކާ ގުޅިގެން ތައްޔާރުކުރި ބައިބަލާ މައިދާނެކެވެ.

ފިޠުރު ޢީދުގައި އޮންނަ ބައިބަލާ މުބާރާތަށް ޓީމްތަކުން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ޒުވާނުން އަމިއްލައަށްވެސް ޕްރެކްޓިސް ކުރާނެ ބައިބަލާ ރިންގްތައް ދަނީ ތައްޔާރުކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement