
ދިވެހިންގެ ފަރާތުން ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފި
ދިވެހިންގެ ފަރާތުން ބައިމިލިއަން ރުފިޔާގެ ކާބޯތަކެތި ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ އެއެއީ ފަލަސްޠީނުގެ ރައްޔިތުންނަށް ވާސިލްވެއްޖެ ކަމަށެވެ.
މިއީ ޒަކާތު ހައުސްއަށް ދިވެހި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ރައްޔިތުންނަށް ދިން އެހީއެކެވެ. ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ދިވެހިރައްޔިތުންގެ ފަރާތުން މިއެހީގެ ދަށުން ފޮނުވީ ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެއްޗެވެ.
ޣައްޒާއަށް އިޒްރާއީލުން ދެމުން ގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް, ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށްވެސް ދަނީ ހުރަސް އަޅަމުންނެވެ.
ރިއެކްޝަންސް






