އެޗްޑީސީގެ ޗެއާމަންކަމުން ނާސިފް ވަކިކޮށް، ވެމްކޯގެ ޗެއާމަން ކަމަށް އައްޔަން ކޮށްފި
އަހުމަދު ނާސިފް

އެޗްޑީސީގެ ޗެއާމަންކަމުން ނާސިފް ވަކިކޮށް، ވެމްކޯގެ ޗެއާމަން ކަމަށް އައްޔަން ކޮށްފި

1 year ago - 11:19
Mar 4, 2025 - 11:22
Advertisement
Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ނާސިފް އެމަގާމުން ވަކިކުރައްވާ, ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްޑީސީގެ ޗެއާމަން ކަމުގެ މަޤާމުގައި ހުންނެވި ނާޞިފް، އެ މަޤާމުން ވަކިކުރައްވާ, ވެމްކޯގެ ޗެއާމަން ކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މި ބަދަލު ގެނައި ސަބަބެއް ޕީސީބީ އިން ނުބުނެއެވެ.

ނާސިފް އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ 06 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަންގެ މަގާމުގައެވެ.

ސަރުކާރުން މި ބަދަލު ގެނެސްފައި މިވަނީ އިއްޔެ ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ވިޓާލީ ލުބިމޯވް ވެސް މަގާމުން ވަކިކުރައްވާފައި ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement