އެމް.ޑަބްލިޔު.އެސް.ސީ އެޕުން ރޯދަމަހު ބިލްދައިގެން 3 ބޭފުޅަކަށް ޢުމްރާ ދަތުރެއް
ފޮޓޯ: ޕީ.އެސް.އެމް ނިއުސް

އެމް.ޑަބްލިޔު.އެސް.ސީ އެޕުން ރޯދަމަހު ބިލްދައިގެން 3 ބޭފުޅަކަށް ޢުމްރާ ދަތުރެއް

މިއީ ރަމަޟާން މަހުގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީއަށް 30 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން އެކުންފުނީގެ ކަސްޓަމަރުނަށް ހުޅުވާލާ ފުރުސަތެއް.

5 days ago - 11:28

މި ރޯދަމަހު އެމް.ޑަބްލިޔު.އެސް.ސީގެ އެޕް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 3 ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއްޖެއެވެ.

އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ މިއީ އެކުންފުންޏަށް 30 އަހަރު ފުރޭ މުނާސަބަތާއި މި ރަމަޟާން މަހާ ގުޅުވުގައިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.

އެކުވެރި ރޯދަ 30 ގެ ނަމުގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮމޯޝަނަކީ ރަމަޟާން މަހާ ގުޅުވައިގެން އެކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމަށް ހުޅުވާލާ ފުރުސަތެއް ކަމަށެވެ. އަދި ވީހާވެސް ގިނަ ކަސްޓަމަރުން އެމް.ޑަބްލިޔު.އެސް.ސީގެ އެޕް އަށް އަހުލުވެރިކޮށް، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުމަކީވެސް މި ޕްރޮމޯޝަންގެ މަގުޞަދެއް ކަމަށް އެކުންފުނިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ ކައުންޓަރަށް ގޮސް ފައިސާ ދެއްކުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރު އެޅުމާއި އެޕުން ބިލުދައްކައިގެން ވަގުތު ސަލާމަތް ކުރުމާއި އެކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމަކީވެސް މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމުގެ މަގްސަދެއް ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވިއެވެ.

Advertisement
Advertisement

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 މާރިޗު އިން ފެށިގެން 31 މާރިޗުގެ ނިޔަލަށް ކަމަށެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވަނީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ޝަރުތުގެ ގޮތުގައި 3 ކަމެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރަކަށް ވުމާއި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން ނުވަތަ ބިލަށް ފައިސާ ދައްކާ ފަރާތް އަދި ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ މި ޕްރޮމޯޝަންގެ ނަސީބުވެރި 3 ފަރާތް އިއުލާން ކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުން ކުރައްވަން ވާނެ ކަމަށާއި އަދި އުމްރާއަށް ދިއުމަށް ގުރުއަތުން ހޮވޭ ފަރާތް ނޫން އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ފުރުސަތު ގުރުއަތުން ހޮވޭ ފަރާތަކަށް ދެވޭނެ ކަމަށެވެ.

އެކުންފުނިން ވިދާޅުވީ ގުރުއަތުން ހޮވޭ ފަރާތެއް އެމް.ޑަބްލިޔު.އެސް.ސީގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އިއުލާން ކުރާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow