
މުއްޔަށް މޯލްޑިވިއަންގެ ޓިކެޓް 1377 ރުފިޔާ
ދަތުރުތައް ފަށަނީ މިމަހު 17ގައި
މ.މުއްޔަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. ރަސްމީކޮށް ދަތުރުތައް ފަށަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ރަސްމީކޮށް އެއަޕޯރޓް ހުޅުވުމުގެ ކުރިން ރީޖަނަލް އެއަޕޮރޓްސް އިން ވަނީ މުއްޔަށް ދަތުރުތައް ކުރުމުގެ ހުއްދަ ދޭން ނިންމާފައެވެ.
ރީޖަނަލް އެއަޕޯރޓްސްއިން ހިންގާ އެއަޕޯރޓަށް މޯލްޑިވިއަންގެ ދަތުރު ޝެޑިއުލްކޮށްފައި ވަނީ ކޮންމެ ހޮނިހިރު ދުވަހަކަށެވެ. ދަތުރުތައް ފަށާއިރު ތާވަލް ކޮށްފައި ވަނީ ހަފްތާއަކު އެއް ދަތުރެވެ.
މޯލްޑިވިއަންއިން މުއްޔަށް ދަތުރުތައް ފަށަނީ ކޮޅަކަށް 1377 ރުފިޔާއަށް ޓިކެޓް ވިއްކައިގެންނެވެ.
މާލެއިން މުއްޔަށް ދަތުރު ފަށަނީ 15:30 ގައެވެ. އަދި މުލިން މާލެ އައުމަށް ފުރަނީ 16:45 ގައެވެ. މުލީ އެއަޕޯޓަކީ މިދިޔަ ސަރުކާރުން ހަދަން ފެށި އެއަޕޯޓެކެވެ. އެއަޕޯރޓްގެ މަސައްކަތް މުޅިން ނިންމީ މިސަރުކާރުގައެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހު ރަސްމީކޮށް ހުޅުވަން ތައްޔާރުވުމަށްފަހު ފަސްކުރީ ފަހުވަގުތު އެވެ.
ރިއެކްޝަންސް






