ޔުމްނުއާ ސުވާލުކުރުމުގެ ފުރުޞަތެއް އަދި ނުލިބޭ- ފުލުހުން
ތަހުގީގާމެދު ސުވާލު އުފައްދާ ކުރި މުޒާހަރާގެ ތެރެއިން

ޔުމްނުއާ ސުވާލުކުރުމުގެ ފުރުޞަތެއް އަދި ނުލިބޭ- ފުލުހުން

8 hours ago - 16:05
May 9, 2025 - 16:06
Advertisement
Advertisement

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ.މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނު ރަޝީދާ ސުވާލުކުރުމުގެ ފުރުޞަތު ފުލުހުންނަށް އަދި ނުލިބޭ ކަމަށް އެއިދާރާއިން ބުނެފިއެވެ. އެއިދާރާއިން މިހެން ބުނެފައިވަނީ ޔުމްނުގެ ބަސްކަމަށް ބުނެ, އޭނާގެ އާއިލާއިން ރޭ ލައިވް ޓީވީގައި ހާދިސާއާ ގުޅޭ ވާހަކަތަކެއް ދައްކާ ފުލުހުންނަށް އަނެއްކާވެސް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.

ފުލުހުން މިއަދު މީޑިޔާއަށް ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެފުރުޞަތު ލިބިފައިވާ ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

" ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބިއެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވެއެވެ." ފުލުހުން ވިދާޅުވިއެވެ.

މިއީ މިހާރުވެސް ހިނގަމުންދާ ތަހުގީގެއްކަން ފާހަގަކުރައްވާ ފުލުހުން ވިދާޅުވީ މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށެވެ.

Advertisement
Advertisement

ޔުމްނުގެ އާއިލާގެ ފަރާތުން ޔުމްނުއާ ހަވާލާދީ ބުނީ އޭނާ އަމިއްލައަށް ފުންމާ ނުލާ ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު އެތަނުގައި ހަތަރު މީހަކު ތިބިކަމަށެވެ. ޔުމްނު އަށް މިހާރު ފަރުވާދެމުން ދަނީ މެލޭޝިޔާގައެވެ.

ފުލުހުންގެ އިތުރުން މިނިވަން ކޮމިޝަނަކުން މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޚާއްޞަ ކޮމިޝަނެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement