ބޮޑުތަކުރުފާނުމަގު ފެހިކުރުމަށް "ގްރީން ބެލްޓެއް" ތަރައްޤީކުރަނީ

ބޮޑުތަކުރުފާނުމަގު ފެހިކުރުމަށް "ގްރީން ބެލްޓެއް" ތަރައްޤީކުރަނީ

4 hours ago - 19:16
Jun 5, 2026 - 19:18
Advertisement
Advertisement

މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކޮށް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަގަކީ ފެހިކަން ގަދަ ހިތްގައިމު ތަނަކަށް ހެދުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި ވިސްނުންތައް ހާމަކުރުމަށް އަލަށް ފެށި "ދަ ޕަލްސް" ސިލްސިލާގެ ފުރަތަމަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތިމާވެށީގެ ދާއިރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ޕްރަގްރާމްގައި ރައީސް ވިދާޅުވީ، ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރާއިރު އެ މަގުގައި "ގްރީން ބެލްޓެއް" ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނުމަގުގައި 'ގްރީން ބެލްޓެއް' ތަރައްޤީކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިގޮތުން، މަގުގެ ވަކި ދުރުމިންތަކެއްގައި ގަސް އިންދުމާއި، ބޮޑެތި ޕޮޓްތަކުގައި ގަސް ބަހައްޓައިގެން މަގުމަތީގެ މާޙައުލު ފެހިކަން ގަދަ، ހިތްފަސޭހަ ތަނަކަށް ހެދުމަށް ރޭވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ތިމާވެއްޓަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ރައީސް އިތުރަށް ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމަކީ އެންމެންގެ އެއްބާރުލުން ބޭނުންވާ މުހިންމު ކަމެއް ކަމަށެވެ. އަދި ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަންދީ، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގައި ހުރިހާ ރައްޔިތުންވެސް ޢަމަލީގޮތުން ބައިވެރިވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement