"މާލެ ޓެކްސީ ލައިން" ގެ އެންޑްރޮއިޑް އެޕްވެސް ތައާރަފުކޮށްފި

"މާލެ ޓެކްސީ ލައިން" ގެ އެންޑްރޮއިޑް އެޕްވެސް ތައާރަފުކޮށްފި

8 hours ago - 15:18
Advertisement
Advertisement

ގްރޭޓަރ މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް އެމްޓީސީސީން ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އެޕްލިކޭޝަން، މިހާރު ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.

https://x.com/MTCCPlc/status/2062575019876856227/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2062575019876856227%7Ctwgr%5Ef89f6b732dd9141f35891fde52df9fe648391c57%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F181395


މީގެ ކުރިން ހަމައެކަނި އެޕަލްގެ އެޕްސްޓޯރުން (iOS) ލިބެން ހުރި މި އެޕްލިކޭޝަން، މިހާރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭނެއެވެ. މިއީ މާލެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ދުރާލާ ދަތުރުތައް ތާވަލުކުރުމުގެ ފުރުޞަތެވެ. އެގޮތުން ދަތުރު ފެށުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން ދަތުރުތައް ތާވަލުކުރެވޭނެއެވެ. ފައިސާ ދެއްކުމުގައިވެސް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި އެޕްލިކޭޝަންގެ "ވޮލެޓް" ބޭނުންކުރުމާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން "ސްކޭން އެންޑް ޕޭ" ގެ ޚިދުމަތް ހިމެނެއެވެ.


ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި މި އެޕްގައި "އިމަޖެންސީ ފީޗަރ" އެއް ހިމަނާފައިވާއިރު، ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ އިތުރުން، ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ފަހިކޮށްދީފައެވެ.


އެމްޓީސީސީން ފާހަގަކުރާ ގޮތުގައި މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެށްޓާ ރައްޓެހި އިލެކްޓްރިކް ޓެކްސީތަކެކެވެ. މީގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގައި ރައްކާތެރި، އިތުބާރު ހުރި އަދި ތިމާވެށްޓަށް ގެއްލުން ކުޑަ ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ޚިދުމަތެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement