ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރައްވައިފި
ޝަހީދު އަށް މެމްބަރުކަން ހަވާލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރައްވައިފި

12 months ago - 13:17
Apr 7, 2025 - 14:01
Advertisement
Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަނުކުރައްވައިފިއެވެ. 

ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ޝަހީދު ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.

އަލްއުސްތާޛު ޙުސައިން ޝަހީދަކީ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައެވެ.

ޖޭއެސްސީގެ މެމްބަރެއްގެ ގޮނޑި ހުސްވީ ސްޕްރީމް ކޯޓްގެ ފަރާތުން ޖޭއެސްސީގައި ކުރިން އިންނެވި އަލްއުސްތާޛު ހުސުނުއްސުޢޫދު ސްޕްރީމް ކޯޓްގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ޙުސައިން ޝަހީދު ސްޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ސުޢޫދު އިސްތިއުފާދެއްވުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement