
ރޭ ވެސް އެކްސިޑެންޓެއް, ދެ މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން
ރޭވެސް މާލޭގައި އެކްސިޑެންޓެއް ހިނގާ, އަނިޔާވި ދެމީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
އެކްސިޑެންޓް ހިނގީ ހައިވޭގައި ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅިން ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ވޭނަކާ ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގީ ވޭން އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލްގައި ޖެހިގެން ކަމަށެވެ. އައިޖީއެމްއެޗްގައި ފަރުވާދެނީ ސައިކަލްގައި ތިބި ދެ މީހުންނަށެވެ.
އެކްސިޑެންޓްގެ ރިޕޯރޓް ފުލުހުންނަށް ލިބުނީ ރޭ 10:49 ހާއިރު ކަމަށާއި, މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






