އިހުމާލުން ދެމައިން މަރުވި މައްސަލައިގެ ޖިނާއި ތަހުގީގެއް ފަށައިފި
ދެމައިން މަރުވީ ހޮސްޕިޓަލްގެ އިހުމާލުންކަމަށް ކުރާ ތުހުމަތު ބޮޑު

އިހުމާލުން ދެމައިން މަރުވި މައްސަލައިގެ ޖިނާއި ތަހުގީގެއް ފަށައިފި

1 year ago - 13:19
Feb 7, 2025 - 13:19
Advertisement
Advertisement

ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލްގެ އިހުމާލުން ދެމައިން މަރުވި މައްސަލައިގެ ޖިނާއި ތަހުގީގެއް ފަށައިފިއެވެ.

ވިލިނގިލީގައި އެރަށު ޝިއުނާ ތައުފީގު އާއި ތުއްތު ދަރިފުޅު ނިޔާވީ ސިޒޭރިއަންއަށްފަހު މާލެ ނުގެނި ލަސްވެގެންކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެއެވެ. 8 މަހުގައި ސިޒޭރިއަންއަށްފަހު ދަރިފުޅު ނެގުމަށްފަހު, ހާލު ގޯސްވެ ނިޔާވީ މާލެ ގެނައުމަށް ކޫއްދޫ އެއަޕޯރޓްގައި ތިއްބައެވެ. އެމައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭތީ ހެލްތް މިނިސްޓްރީންވެސް ވަނީ އެކަން ހިނގާދިޔަ ގޮތުގެ ރިވިއުއެއް ހަދަމުންދާ ކަމަށް ބުނެފައެވެ. އެކަން ފުންކޮށް ބަލާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ހެލްތް މިނިސްޓްރީން އެކަން ބަލަމުންދާކަމަށް ބުނެފައި ވަނިކޮށް, ހޯމް މިނިސްޓަރ އަލީ އިހުސާން އެކްސްގައި މިއަދު ވިދާޅުވީ ގއ. ވިލިގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންދިވެހި ފުލުހުންނަށް އަންގާފަވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement