
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުނު ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް އެމެރިކާއިން ފިޔަވަޅު އަޅައިފި
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ފިޔަވަޅު އެޅުމުގެ ޤަރާރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކޮށްފިއެވެ. ނަތައްޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނިކޮށް ވައިޓް ހައުސްއަށް ނަތަންޔާހޫއަށް ދަޢުވަތުދީ ޓްރަމްޕް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
ޓްރަމްޕްގެ ނެރުނު އަމުރުގައި އައިސީސީގެ ޖަޖުންނާއި މުވައްޒަފުންނާ ދެކޮޅަށް އިޤްތިޞާދީ ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ދަތިކުރުން ހިމެނެއެވެ.
އައިސީސީ އާ ދެކޮޅަށް ނެރުއްވި އަމުރާ ގުޅިގެން ހައްގުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުން އަދި ވިލާތުގެ އިއްތިހާދު (އީޔޫ) އިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވިލާތުގެ އިއްތިހާދުގެ ރައީސް އެންޓޯނިއޯ ކޮސްޓާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ޓްރަމްޕްގެ އަމުރަކީ ކޯޓުގެ މިނިވަންކަމަށް ބިރުދެއްކުމާއި, ބައިނަލްއަޤުވާމީ އަދުލުގެ ނިޒާމުގެ ހައިބަތު ގެއްލޭފަދަ ނިންމުމެއްކަމަށެވެ.
އޭގެ ކުރިން ކުރި ޕޯސްޓެއްގައި އައިސީސީގެ ރައީސް އާއެކު ނަގާފައިވާ ފޮޓޯއަކާއެކު ކޮސްޓާ ބުނެފައިވަނީ ދުނިޔޭގައި އެންމެ ބިރުވެރި ހާލަތްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި އައިސީސީން މުހިއްމު ދައުރެއް އަދާކުރާ ކަމުގައެވެ.
ރިއެކްޝަންސް






