
އިޒްރާއިލްއިން އީރާންގެ ނިއުކްލިއަރ ސައިޓްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފި
ވެރިރަށް ތެހްރާން އިންވަނީ ބޮޑެތި ގޮތުންތަކުގެ އަޑު އިވިފަ
އީރާނުގެ ނިއުކްލިއަރ ފެކްޓްރީތަކަށާއި ސައިޓްތަކަށް އަމާޒުކޮށް އިޒްރާއިލްއިން އަސްކަރީ ހަމަލާތަކެއް ދީފިއެވެ. އަސްކަރީ ހަމަލާ ދިފައިވަނީ އީރާންގެ ވެރިރަށް ތެޙްރާންގައި ހުންނަ އަސްކަރީ ސައިޓްތަކަކަށް ކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފައެވެ.
ކުރިން ރެކޯޑްކޮށް ހުކުރުދުވަހު ހެނދުނު އާންމުކޮށްފައިވާ ވީޑިއޯއެއްގައި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަމަލާތައް އަމާޒުކޮށްފައިވާނީ އީރާންގެ ނިއުކްލިއަރ ހަތިޔާރު އުފައްދާ ތަންތަނަށާއި ބެލިސްޓިކް މިސައިލް ފެކްޓްރީތަަކަށް ކަމަށެވެ.
"މި އޮޕަރޭޝަންގެ މަޤުސަދު ހާސިލްވަންދެން ކުރިއަށްގެންދާނެ. އެއީ އަހަރެމެންނަށް އޮތް ނުރައްކަލުން ސަލާމަތްކުރެވެންދެން" ނަތަންޔާހޫގެ ވީޑިއޯ މެސެޖުގައި ބުނެފައި ވެއެވެެ.
ނަމަވެސް ބައެއް ހަބަރުތައް ބުނާގޮތުން މިސައިލް ބޭނުންކޮށްގެން އިޒްރާއިލްއިން ދިން ހަމަލާތަކުގެ މައިގަނޑު އަމާޒުކަމުގައި އީރާންގެ އަސްކަރީ ކޮމާންޑަރުން ދިރިއުޅޭ އެޕާޓްމަންޓްތައް ހިމެނެއެވެ. އޭގެ ތެރޭގައި މޭޖަރ ޖެނެރަލް ބަގޭރީ, ގުދުސް ފޯސް ކޮމާންޑަރު އެރޯސްޕޭސް ފޯސްގެ ކޮމާންޑަރުގެ ގެވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ސަރުކާރުގެ ނޫސް, ނޯރް ނިއުސްއިން ބުނިގޮތުގައި އީރާން ވެރިރަށް ތެހްރާންގެ ބޭރާއި އެތެރެއިން ބާރުގަދަ އެތައް ގޮވުމެއްގެ އަޑުއިވިފައި ވެއެވެ. އަދި އީރާންގެ އެއަރ ޑިފެންސް ސިސްޓަމް އޮތީ ފުރިހަމަ އެލާޓްގައި ކަމަށެވެ.
ހަމަލާތަކާ ގުޅިގެން އިމާމް ހަމަނާއީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
އީރާންގެ ރޫހާނީ ލީރަރު އާޔަތުالله ޢަލީ ޙާމަނާއީ ވަނީ އިޒްރާއިލްއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެތައް ކޮމާންޑާރުންނާއި ސައިންޓިސްޓުން މަރާލިކަމުގެ ކުށުގެ ބަދަލު ވޭންދެނެވި ގޮތަކަށް އިޒްރާއިލްގެ ކިބައިންހިފާނެކަމަށް ހާމަނާއީ ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






