މަޖީދީ މަގުގައި ޕާރކް ނުކުރާތި, ފުލުހުން ޓޯ ކުރާނެ!
ފުލުހުން މަގެއްގެ ޓްރެފިކް ބަލަހައްޓަނީ: ފޮޓޯ-ދިވެހި ފުލުހުންގެ ޚިދުމަތް

މަޖީދީ މަގުގައި ޕާރކް ނުކުރާތި, ފުލުހުން ޓޯ ކުރާނެ!

އިއްޔެ 42 އުޅަނދު ޓޯ ކުރި

21 hours ago - 09:36
Jun 13, 2025 - 09:39
Advertisement
Advertisement

މަޖީދީ މަގުގައި ޓޯކުރާ އުޅަނދުތައް ފުލުހުން އަނެއްކާވެސް ޓޯކުރަން ފަށައިފިއެވެ. މަޖީދީ މަގުގައި ޕާރކް ކުރާ އުޅަނދުތައް ޓޯކުރަން ފެށިކަން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ޢާއްމުކޮށް އިއުލާނުވެސް ކޮށްފައެވެ.

ފުލުހުންގެ ސޯޝަލް މީޑިޔާ މެޗުވެރިކޮށް އެއިދާރާއިން ވިދާޅުވީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

" މިގޮތަށް ޓޯކުރެވޭ އުޅަނދު ދޫކުރެވޭނީ 48 ގަޑިއިރު ފަހުން." ފުލުހުން ވިދާޅުވިއެވެ.

އިއްޔެ ފުލުހުން ވަނީ 42 އުޅަނދު ޓޯ ކޮށްފައެވެ. އެއީ ދެ ފުރޮޅުލީ 37 އުޅަނދާއި, 4 ފުރޮޅުލީ 5 އުޅަނދެވެ.

Advertisement
Advertisement

ފުލުހުން ވަނީ އުޅަނދުތައް ޕާރކްކުރުމަށްޓަކާ ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާރކް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް, މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޢާއްމު ރައްޔިތުން ދޭ އެއްބާރުލުންވެސް ފުލުހުން ފާހަގަކުރިއެވެ. އެކަމަކު ތަރުތީބެއް ނެތި އެތަން މިތާ ޕާރކް ކުރުން ވަނީ ވަރަށް ބޮޑަށް ޢާއްމުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement