މިއަހަރު 4000 ފްލެޓް އެޅުމުގެ މަސައްކަތް ފަށަނީ
ފިނޭންސް މިނިސްޓަރ ޝަފީޤު ކޮމިޓީގައި: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މިއަހަރު 4000 ފްލެޓް އެޅުމުގެ މަސައްކަތް ފަށަނީ

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މިއަހަރު ފަށާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރުވެސް ވަނީ ވިދާޅުވެފަ

1 month ago - 19:46
Aug 14, 2024 - 21:34
Advertisement

 

މިއަހަރު މާލޭގައި 4000 ފްލެޓް އެޅުމުގެ މަސައްކަތް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީޤު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވަޒީރު ވިދާޅުވީ 4000 ފްލެޓް އަޅަން ފަށަން މަސައްކަތް ކުރަނީ އިންޑިޔާގެ އެގްޒިމް ބޭންކުން ދިން ލައިން އޮފް ކްރެޑިޓްގެ ބާކީ ފައިސާއިން ކަމަށެވެ.

ލައިން އޮފް ކްރެޑިޓްގެ ދަށުން މިދިޔަ ސަރުކާރުގައި އިންޑިޔާއިން ދިން 800 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ އޮތީ 300 މިލިއަން ޑޮލަރެވެ. އެއީ ގުޅިފަޅު ޕޯރޓްގެ މަސައްކަތަށް މިދިޔަ ސަރުކާރުން ޚާއްސަކުރި ފައިސާއެވެ. ނަމަވެސް މިސަރުކާރުގެ ވިސްނުމަކީ އެފައިސާ ބޯހިޔާވަހިކަމަށް ހޭދަކުރުމެވެ.

މިނިސްޓަރ މުޙައްމަދު ޝަފީޤު ވިދާޅުވީ މިދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަނަކަށް ދިއުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަމާޒު ކަމަށެވެ. އެމަގަށް ކުރާ މަސައްކަތުގައި އަންނަ އަހަރަށް ބަޖެޓްގައި ޕީއެސްއައިޕީއަށް ހިމަނާ ފައިސާގެ %50 ވެސް ބަޖެޓް ކުރަން ސަރުކާރުގެ ވިސްނުމަކީ ބޯހިޔާވަހި ކަމަށެވެ. އެގޮތުން 4000 ފްލެޓްގެ މަސައްކަތް މިއަހަރު ފަށަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

Advertisement

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރުވެސް ވަނީ މިއަހަރު ބޯހިޔާވަހިކަމުގެ ބޮޑު އާ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެފައެވެ. މިދިޔަ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތް އޮކްޓޯބަރު މަހު ނިމެން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެފްލެޓްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް މިސަރުކާރުން އަލުން ކޮމިޓީއެއް އެކުލަވާލާ ދަނީ ބަލަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement