ރައީސް މުއިއްޒު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރައްވައިފި
ރައީސް އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް. ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލުކުރައްވައިފި

2040 ގައި ތަރައްޤީވެފައިވާ ޤައުމުގެ ދަރަޖަ ރާއްޖެ އިން ހާސިލްކުރުމަށް ގެންގުޅޭ ތަސައްވުރާގުޅޭ ގޮތުން މަޝްވަރާ ކުރެވުނު

6 hours ago - 20:38
Jul 18, 2025 - 20:43
Advertisement
Advertisement

ރައީސުލްޖުމްހޫރިިއްޔާ ޑރ މުޙައްމަދު މުއިއްޒު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭ އާ ބައްދަލުކުރައްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ މަތީ ފެންވަރުގެ ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް ބޭނުންވާ މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ރައީސް އޮފީހުން އެބައްދަލުވުމާ ގުޅޭގޮތުން ބެރުއްވާފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ބައްދަލުވުމުގައި ރައީސް ވަނީ ތަރައްޤީވަމުން އަންނަ ކުދި ގައުމުތަކުން ބޭނުންވާ މުހިއްމު ކަންކަމާ ގުޅޭގޮތުން ވަކާލާތުކުރުމުގައި ރާއްޖެ ދައްކަމުން ދާ ލީޑަރޝިޕްގެ މައްޗަށް އަލިއަޅުވާލެއްވިކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއވެެ. މީގެ އިތުރުން އަދި 2040 ގައި ތަރަައްޤީ ވެފައިވާ ޤައުމުގެ ދަރަޖަ ހާސިލްކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ ތަސައްވުރުގައި ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރުމުގެ  މުހިންމުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement
Advertisement

ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެފަރާތުން ހާސިލްކުރަން ބޭނުންވާ ކަންކަމާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އޭގެ ތެރޭގައި ޑިމޮކްރސީއާއި ވެރިކަން ހިންގުން ހަރުދަނާކުރުމާއި, ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާ އަދި ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ތަރައްޤީއާ ގުޅޭ މަޝްވަރާތައް ވަނީ ކުރެވިފައެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ މި ބައްދަލުވުމުގެ ސަބަބުން ރާއްޖެއާއި ކޮމަންވެލްތުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement