ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ތަޙްޤީގްކުރަނީ
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާ ދެކޮޅާށް ރާއްޖޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން. ފޮޓޯ: ސަން އޮންލައިން

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ތަޙްޤީގްކުރަނީ

ޖިންސީ ގޯނާކޮށްފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހަކު

9 months ago - 20:52
Jul 18, 2025 - 21:12
Advertisement
Advertisement

އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހެއްގެ ފަރާތުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަޙްޤީގު ކުރަންފަށައިފިއެވެ. 

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ދެކުނުގެ (ގދ, ގއ, ފުވައްމުއްލަށް ސިޓީ އއަދި އައްޑޫސިޓީ) ރަށަކުން މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2025 ޖުލައި 16 ވަނަ ދުވަހުގެ 12:35 ހާއިރުކަމަށެވެ.

މައްސަލަ ހުށަހެޅުމުން އެރަށު ޕޮލިސް ސްޓޭޝަނާއި, ފުލުހުންގެ ފެމިލީ އެން ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގުޅިގެން މިހާރު މައްސަލަ ތަޙްޤީގުކުރަމުން އަންނަ ކަމުގައިވެސް ފިލުހުން ބުނެފައި ވެއެވެ. 

ކުޑަކުދިންނާ ގުޅޭ މައްސަލަތަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނާތީ ހާދިސާ ހިނގާފައިވާ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement