އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް އިނާމް ދީފި
މައުރަޒުން ވަނަ ހޯދި ބައިވެރިއަކަށް ރައީސް އިނާމް ދެއްވަނީ: ފޮޓޯ-ރައީސް އޮފީސް

އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް އިނާމް ދީފި

9 hours ago - 09:35
May 23, 2025 - 09:36
Advertisement
Advertisement

އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް އިނާމް ދީފި އެވެ. މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް އިނާމްދެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ, ޚާއްޞަ ވަނަތަކަށް އިނާމްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ.

މުޅި މަޢުރަޒުން އެންމެ މަތިން މަރކްސް ލިބުނު 5 އުފެއްދުން ޙާޞިލްކުރެއްވި ފަރާތްތައް:

1. ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ

2. އަބުޑީ މޯލްޑިވްސް

Advertisement
Advertisement

3. މޯލްޑިވްސް ޕޮލިޓެކްނިކް

4. މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ

5. ޢަލީ މާހިރު

އެކި ދާއިރާތަކުން 1 ވަނަ ޙާޞިލްކުރި ބައިވެރިން:

1. އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ، މާލެ

2. ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ

3. ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ

4. ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް

5. ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ، މޯލްޑިވްސް ޕޮލިޓެކްނިކް

6. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި

7. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ، ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް

8. މުޅި މަޢުރަޒުން 1 ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ ހިތަދޫ

9. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް

އުފެއްދުންތެރިކަމުގެ މައުރަޒުގައި 275 ވަނައެއް ހޮވާ އިނާމު ދިނެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވިއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްދާނީ 23 މެއި އިން ފެށިގެން 31 މޭގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި ރޭ 8:30ގައެވެ. މައުރަޒު އޮންނާނޫ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement