
ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މެތު އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މެތު ކަސްޓަމްސްއިން އަތުލައިގެންފި އެވެ. ކަސްޓަމްސްއިން އެތަކެތި އަތުލައިގަތީ އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓުންނެވެ.
ކަސްޓަމްސްއިން އަތުލައިގަން މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ މެތަމްފެޓަމައިންގެ ބަރުދަނުގައި ހުރީ 3.6 ކިލޯގްރާމެވެ. އެކަމަކު މިމައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް, ފުލުހުންނާ ހަވާލުކުރިކަމެއް ސާފެއް ނޫނެވެ.
ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތީގެ ބާވަތްތައް ކަސްޓަމްސްއިންވެސް ދޭތެރެ ދޭތެރެއިން އަތުލައިގަނެއެވެ.
ރިއެކްޝަންސް






